މާރާމާތު ކުރުމަށްޓަކައި މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ރަސްފަންނު ބަންދު ކުރުމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނިންމައިފި އެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް ފެބްރުވަރީ 22، 2025 އިން ފެބްރުވަރީ 28، 2025 އަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މިމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ރަސްފަންނު ސަރަޙައްދު ބަންދުކުރުމަށް އެ މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
ރަސްފަންނާއި ސަލްޓަންޕާކު ވީރާނާވަމުންދާ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމަށާއި، އެ ދެތަން ކުރިޔަށްވުރެވެސް ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިމަހުގެ 14 ވަނަ ދުވަހު ވިދާޅުވެފަ އެވެ.
މިކަން ރައީސް ފާހަގަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ ރަސްފަންނާއި ސަލްޓަންޕާކުގެ މިހާރުގެ ހާލަތު ފެނިވަޑައިގަންނަވާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި މި ދެތަން ވީރާނާވަމުންދާކަން ފާހަގަކުރެއްވި އެވެ.
މިއީ ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަނެއް.
މި ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ކުރިޔަށްވުރެވެސް ފުރިހަމަ ގޮތެއްގައި މި ދެތަން ތަރައްގީ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްފަންނު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ