މެންބަރުން ހަދާ ކޯހަކީ މަޖިލީހުން ހަރަދު ކުރާ ކޯހެއް ނޫން، ހަރަދު ކުރަނީ އަމިއްލައަށް: މެންބަރު ފަލާހު

Advertisement

Advertisement

އެންމެ ފަސް

Advertisement

މަޖިލިސް މެންބަރުންނަށް ހާއްސަކޮށްގެން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހިންގާ ކޯހަކީ މަޖިލީހުން ހަރަދުކޮށްގެން ހިންގާ ކޯހެއް ނޫންކަމަށާއި އެ ކޯހުގެ ހުރިހާ ހަރަދެއް ކުރާނީ އެ މެންބަރަކު އަމިއްލައަށްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މިއަދު ބައެއް ނޫސްތަކުން ވަނީ މަޖިލީހުގެ މެންބަރުންނަށް ހާއްސަކޮށްގެން ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމެއް ފަށަން އުޅޭކަމަށް ބުނެ ޚަބަރު ފަތުރާފައެވެ. މި ޚަބަރާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މަޖިލިސް މެންބަރުންނަށް ވަނީ އަމާޒުވެފައެވެ. ޚާއްޞަކޮށް މެންބަރުންގެ ޤާބިލުކަމާމެދު ސުވާލު އުފައްދައި، ގިނަ ބަޔަކު ވަނީ ޖޯކު ވެސް ޖަހާފައެވެ.

މި މައްސަލައާ ގުޅޭގޮތުން އެކްސްގައި ޕޯސްޓެއް ކުރައްވަމުން، ފަލާޙް ވިދާޅުވެފައިވަނީ މި ކޯހަކީ އަޑު ފެތުރިފައިވާ ގޮތާ ޚިލާފަށް މަޖިލީހުން ޚަރަދުކޮށްގެން ހިންގާ ކޯހެއް ނޫން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިއީ ކޯހުގައި ބައިވެރިވާ މެންބަރުން އަމިއްލައަށް ފީ ދައްކައިގެން ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ.

ކޮއްމެ ކަމަކުންވެސް މަޖިލީސް މެމްބަރުން ދެކެ ރައްޔިތުން ރުޅި އަރުވާލަންވާނެ މިކޯސްމީ މާތްކަލާކޯ މަޖިލީހުން ހަރަދު ކޮށްގެން ހިންގާ ކޯހެއްނޫން މި ކޯހަށް ހިނގާ ހަރަދު އެ ބައިވެރި އަކު އަމިއްލަ އަށް ކުރަނީ.

މި މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިތުރު މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މި ޚަބަރު ފެތުރުމާ ގުޅިގެން އާންމުންގެ މެދުގައި ދެކޮޅު ޚިޔާލުތައް ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.

ރައްޔިތުންގެ މަޖިލިސް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ