ނައިފަރުގައި ރަމަޟާންމަހު ގިނަ ދީނީ ހަރަކާތްތަކެއް ކުރިއަށްދާނެ

Advertisement

އެންމެ ފަސް

Advertisement

މިއަންނަ ބަރަކާތްތެރި ރަމަޟާން މަހާ ގުޅިގެން ޅ. ނައިފަރުގައި ގިނަ ދީނީ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ނައިފަރު ކައުންސިލްގެ ރައީސް ”ޖަވިޔަނި“ އަށް ދެއްވި މަޢުލޫމާތުގައި ވިދާޅުވި ގޮތުގައި، ރަމަޟާން މަހާ ގުޅިގެން މިހާރުވެސް ވަނީ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތް ފަށާފަ އެވެ. އަދި ރަމަޟާންމަހަށް މަރުހަބާ ކިޔުމުގެ ގޮތުން މިމަހުގެ 27 ވަނަ ދުވަހު ޚާއްޞަ ދަރުސެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ރަމަޟާން މަހުގެ ކޮންމެ ދުވަހެއްގެ ހަވީރު މިސްކިތްތަކުގައި ދީނީ ދަރުސްތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރޭވިފަ އެވެ.

ކުޑަކުދިންނަށް ޚާއްޞަ ޕްރޮގްރާމްތައް

ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް އިހުޔާކުރުމުގެ ގޮތުން، ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ކުޑަކުދިންނަށް ޚާއްޞަ ދަރުސްތަކެއް ކުރިއަށް ގެންދިއުމަށާއި، ރޭގަނޑު ދީނީ ފޯރަމްތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައިކަމަށް ކައުންސިލް ރައީސް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން، މިމަހުގެ 20 ވަނަ ދުވަހު ނައިފަރުގެ މުއައްސަސާތަކާއި ޖަމްޢިއްޔާތަކުން ގުޅިގެން ރައްޔިތުންގެ މާހެފުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރަމަޟާން 1446 ޅ. ނައިފަރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ