ތިން ހޮސްޕިޓަލެއްގެ އިމާރާތެއްގެ މަސައްކަތް ނިންމަން އެމްޓީސީސީ އާއި މިއަދު ހަވާލުކޮށްފި އެވެ.
މިކަން ހާމަ ކޮށްފައި ވަނީ، ހެލްތު މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
އެމްޓީސީސީ އާއި ހަވާލު ކޮށްފައިވާ 3 ހޮސްލިޓަލްއަކީ ޅ. ނައިފަރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ހިދުމަތް ދިނުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށްޓަކައި އެ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވާއިރު، ރ. އުނގޫފާރު ހޮސްޕިޓަލް ގެ އައު އައު އިމާރާތުގެ މަސައްކަތާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތެވެ.
ޅ. ނައިފަރު ހޮސްޕިޓަލް އަޕްގްރޭޑް ކުރުން
- އެއް އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް
- ޕްރޮޖެކްޓެގެ ޖުމުލަ އަގަކީ 7,711,200.00ރ
- ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ އަޕްގްރޭޑް ކުރާނެ
ރ. އުނގޫފާރު ހޮސްޕިޓަލް ގެ އައު އައު އިމާރާތް
- 540 ދުވަސް ތެރޭގައި ނިންމާ ގޮތަށް
- ޕްރޮޖެކްޓެގެ ޖުމުލަ އަގަކީ 161,245,343.52ރ
- ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ހިދުމަތް ފޯރުކޯށްދިނުމަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ގާއިމްކުރާނެ
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އައު އިމާރާތް
- 540 ދުވަސް ތެރޭގައި ނިންމާ ގޮތަށް
- ޕްރޮޖެކްޓެގެ ޖުމުލަ އަގަކީ 147,437,634.2ރ
- ޓާޝަރީ ހޮސްޕިޓަލްގެ ފެންވަރަށް ހިދުމަތް ފޯރުކޯށްދިނުމަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ގާއިމްކުރާނެ
މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އުނގޫފާރު ހޮސްޕިޓަލު އައު އިމާރާތް އެޅުމުގެ މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް އެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓާ މުހައްމަދު އަސްބާހް އަލީ ނަސީރު އެވެ.

ނައިފަރު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ގާސިމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓާ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް އަހުމަދު ސައުދީ އެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ޅ. ނައިފަރު އުނގޫފާރު މިނިސްޓްރީ އޮފް ހެލްތް ގދ. ތިނަދޫ