މި އަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ މިއަދު ރަސްމީކޮށް ފަށައިފި އެވެ.
މާލޭގައި ބޭއްވޭ މި މަހާސިންތާ ފަށްޓަވައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުޢުތަސިމް ޢަދުނާނެވެ.
ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކުން ފަނޑިޔާރުން ބައިވެރިވާ މި މަހާސިންތާ ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ. މަހާސިންތާގެ ފުރަތަމަ ދުވަހުގެ މައިގަނޑު މަޝްވަރާތައް އަމާޒުކުރެވިފައިވަނީ އިސްލާމިކް ފައިނޭންސިންގއާ ގުޅުންހުރި މައުޟޫތަކަށެވެ.
ކޮންމެ އަހަރަކުވެސް ގަޟާއީ އަހަރާ ގުޅުވައިގެން ބާއްވާ މި މަހާސިންތާގައި ޖުޑިޝަރީގެ އެންމެހާ ފަރާތްތަކުން ބައިވެރިވެ، ކަނޑައެޅޭ މައުޟޫތަކަށް މަޝްވަރާކުރުމަކީ އާންމު ކަމެކެވެ. މިފަދަ މަހާސިންތާތަކުގެ މަޤްޞަދަކީ ފަނޑިޔާރުންގެ މެދުގައި ތަޖުރިބާ ހިއްސާކުރުމާއި، ޝަރުޢީ ދާއިރާގެ ކުރިއެރުމަށް މަގުފަހިކުރުމެވެ.
މި މަހާސިންތާގައި ބައިވެރިވާ ފަނޑިޔާރުންގެ ތެރޭގައި ސުޕްރީމް ކޯޓު، ހައިކޯޓު އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ހިމެނެއެވެ. މީގެ އިތުރުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސް ވެރިންވެސް މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވައެވެ.
ހައި ކޯޓު އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓު



