އޭޝިއާ ޕެސިފިކް ޖުޑީޝަލް ސަމިޓްގައި އުއްތަމަފަނޑިޔާރު ބައިވެރިވެވަޑައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އޭޝިއާ ޕެސިފިކް ޖުޑީޝަލް ސަމިޓް 2025 ގައި އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ބައިވެރިވެވަޑައިގެންފި އެވެ.

އޭޝިއާ ޕެސިފިކް ޖުޑީޝަލް ސަމިޓް އަކީ، ޔުނައިޓަޑް ނޭޝަންސް ކޮމިޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް ލޯއިން، ހޮންކޮންގ ލީގަލް ވީކް 2025 ގެ ތެރެއިން އިންތިޒާމްކޮށް ބޭއްވި ސަމިޓެވެ. 

ސުޕްރީމް ކޯޓުން ބުނެފައިވަނީ ”ލިންކިންގ ލޯސް، ބްރިޖިންގ ވަރލްޑްސް“ގެ ތީމްއަށް ކުރިއަށްގެންދާ ހޮންގްކޮންގް ލީގަލް ވީކް 2025 ގެ މި ސަމިޓުގައި އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އަރިހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ޑިސެންބަރު 1 ވަނަ ދުވަހުން ފެށިގެން 2 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ހޮންގްކޮންގްގައި ކުރިއަށްދާ މި ސަމިޓުގައި 25 އަށްވުރެ ގިނަ ޤައުމުން ޝަރުއީ ދާއިރާގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ ޖަމިއްޔާތަކުންނާއި، ޤާނޫނީ ދާއިރާގެ އިސް ބޭފުޅުންނާއި، ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުންނާއި، ސަރުކާރުތަކުގެ އިސްވެރިންނާއި، ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ސުޕްރީމް ކޯޓުން މައުލޫމާތު ދީފައިވެ އެވެ. 

މި ސަމިޓުގެ ހަވާސާގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު، ހޮންގް ކޮންގްގެ ސެކްރެޓަރީ އޮފް ޖަސްޓިސް މިސްޓަރ ޕޯލް ލަމްއާ ބައްދަލުކުރެއްވި ކަމަށް ސުޕްރިމް ކޯޓުން ބުނެފައިވެ އެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ޖުޑީޝަރީއާ ހޮންގްކޮންގްގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ގުޅިގެން ކުރިއަށްގެންދެވިދާނެ ކަންކަމާ ބެހޭގޮތުންނާއި ދެ ގައުމުގެ ޖުޑީޝަރީގެ މެދުގައި ޤާއިމް ކުރެވިދާނެ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް ސުޕްރީމް ކޯޓުން މައުލޫމާތު ދީފައިވެ އެވެ. 

އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ