ހަނިމާދޫން ދެ އަންހެނަކު ހައްޔަރުކޮށްފި، އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 189 ގްރާމްއަށް އަރާ!

Advertisement

އެންމެ ފަސް

Advertisement

ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް އަދި ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ދެ އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކުރި ގޮތުގައި، ހައްޔަރުކުރެވުނު ދެ މީހުންނަކީ ހދ. ހަނިމާދޫ / މަޔާ ޕެލަސް، އާމިނަތު (56 އަހަރު) އާއި ފާޠިމަތު މާޔާ (25 އަހަރު) އެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

އޮޕަރޭޝަންގެ ތެރެއިން، ހައްޔަރުކުރެވުނު ދެ މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްސާއި ފައިސާ ވަނީ ފެނިފަ އެވެ. ފުލުހުން ހާމަކުރި ގޮތުގައި، އެ ތަނުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 189.69 ގުރާމްއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުން ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އާމިނަތު ފަސް ދުވަހަށް އަދި ފާޠިމަތު މާޔާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ތަޙުޤީޤުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ހދ. ހަނިމާދޫ ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ