އިދކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ބައްދަލުކުރައްވައިފި އެވެ.
ނާޒިލް އާއި އަބްދުއްރަހީމް ބައްދަލުކުރައްވާފައިވަނީ މިއަދު މަޖިލީހުގެ އިދާރާގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ބްރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށޭނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުންނެވެ.
އިދިކޮޅު ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ނާޒިލްއާ އަބްދުއްރަހީމް ބައްދަލުކުރައްވާފައި ވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަބްދުއްރަހީމްގެ ގުޅުން ހީނަރުވެފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
މިއަހަރަށް މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ބްރާސްފަތި ދުވަހު ހެނދުނު އެވެ. މި ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެ އެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެމްޑީޕީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް