ހަންކެޑެ ބްރިޖް މިރޭ 00:00 އިން ފެށިގެން ހުޅުވާލާނެ، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީގެ ހަންކެޑެ ބްރިޖް މިރޭ 00:00 އިން ފެށިގެން އާންމުންނަށް ހުޅުވާލާނެ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފި އެވެ.

މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މިއީ އިންޑިއާގެ އެގްޒިމް ބެންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހަދާފައިވާ ހަންކެޑެ ޑީޓުއަރ ލިންކް ރޯޑްގެ މަސައްކަތްތައް ނިންމާލުމަށްފަހު އާންމު ބޭނުންތަކަށް ހުޅުވާލެވޭ ހުޅުވާލުމެކެވެ.

ބްރިޖް ހުޅުވާލުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މަރަދޫގެ ހިޔާ ފަންނު މަގު، ވައިފަހި މަގު އަދި ޖަމާލީ ގޯޅި ވަންވޭއަކަށް ހެދުމަށް ވަނީ ނިންމާފަ އެވެ.

އޭގެއިތުރުން ޝަމްސުއްދީން ބޮޑުފަނޑިޔާރު ބޮޑު ތަކުރުފާނުމަގު (ލިންކް ރޯޑް) ހަންކެޑެ ކޯޒްވޭގެ މަރަދޫ އާއި ގުޅޭ ހިސާބުން މަގު ބަންދުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި ފޭދޫ އޯކިޑް މަގާއި މަރަދޫފޭދޫ ލިލީ މަގާއި އަދި މަރަދޫ އޯކިޑް މަގުގައި އެއްގަމު އުޅަނދު ވަގުތީ ގޮތުން މަގުގެ އެއްފަޅީގައި ޕާކް ކުރެވޭނެ އެވެ. އެއީ ގަމުން ހިތަދޫއަށް އަންނައިރު މަގުގެ ވާތްފަޅިއަށްވާ ފަޅީގަ އެވެ.

ކައުންސިލުން އިތުރަށް ނިންމާފައިވާ ގޮތުގައި ދަންވަރު އެކެއްގެ ފަހުން ފޭދޫ އޯކިޑް މަގާއި މަރަދޫފޭދޫ ލިލީ މަގާއި އަދި މަރަދޫ އޯކިޑް މަގުގައި (ބޮޑުމަގުގައި) ދާއިމީ ގޮތެއްގައި ޕާކް ކުރުމަކީ މަނާ ކަމެކެވެ.

ހަންކެޑެ ބްރިޖް އައްޑޫ ބްރިޖް އައްޑޫ ސިޓީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ