އައްޑޫ ޑްރަގް ނެޓްވޯކްގެ ބޮޑުންތަކެއް ހައްޔަރުކޮށްފި، އެކައުންޓުތަކުގައި 19 މިލިއަން ދައުރުކުރި!

Advertisement

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައި ނެޓްވޯކެއްގެ އިސް ފަރާތްތައް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި މީހުން ހައްޔަރުކޮށްފއިވަނީ ރޭ، ފުލުހުން ހިންގި ’އޮޕަރޭޝަން އަލިމަގު‘ ގެ ދަށުންނެވެ.

ފުލުހުން މި ނެޓްވޯކްގެ އިސް ފަރާތްތަކަށް އަމާޒުކޮށް ތަހުގީގެއް ފަށާފައިވަނީ މި އަހަރުގެ މާރޗް މަހުން ފެށިގެންނެވެ. މި ތަހުގީގުގެ ދަށުން ބަލަމުންދަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، އެ ފައިސާ މަނީ ލޯންޑަރ ކުރުމުގެ މައްސަލަތަކެވެ. ފުލުހުން ހޯދާފައިވާ ގޮތުގައި، މި ނެޓްވޯކްގެ ތެރެއިން 2017 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ވަނީ ހާމަވެފަ އެވެ.

އެގޮތުން، ފާއިތުވި ފަސް އަހަރުގެ ތެރޭގައި މި ނެޓްވޯކްގެ އިސްކޮށް ހަރަކާތްތެރިވި ހަތަރު މީހެއްގެ ބޭންކް އެކައުންޓްތަކުގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ދައުރުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި އޮޕަރޭޝަނަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވުމާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޮޕަރޭޝަން އަލިމަގު ފުލުހުން ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ހޯދައިފަ އެވެ. އެގޮތުން އެ އޮޕަރޭޝަންއާ ގުޅޭ މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށެވެ.

އައްޑޫ ސިޓީ މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ