އޮޕަރޭޝަން އަލިމަގު: އިތުރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފުލުހުންގެ އޮޕަރޭޝަން ”އަލިމަގު“ ގެ ދަށުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 6 މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު މީގެ ކުރިން ވަނީ އިތުރުކޮށްފަ އެވެ. މިއަދު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފައިވަނީ ސ. ހިތަދޫ / ގުލްކަނދުގެ، ޙަސަން ނަޒީފް (36އ) އެވެ. އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ޙަސަން ނަޒީފްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އައްޑޫގައި ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި އޮޕަރޭޝަނަކީ އައްޑޫ ސިޓީގައި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އެންމެންގެ މައްސަލަވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އޮޕަރޭޝަން އަލިމަގުގެ ދަށުން މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި އައްޑޫ ސިޓީގައި ފުލުހުންގެ ހަރަކާތްތައް ވަނީ ވަރުގަދަކޮށްފަ އެވެ.

އައްޑޫ ސިޓީ މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ