ހޯރަފުށި އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދައިދިނުމަށް އެރަށު ކައުންސިލުން އެދެފި

Advertisement

އެންމެ ފަސް

Advertisement

ހއ. ހޯރަފުށި އެއާޕޯޓް، އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދައި ދިނުމަށް ހޯރަފުށި ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފި އެވެ.

ހޯރަފުށި ކައުންސިލުން ރައީސް މުއިއްޒުގެ އަރިހުން މިކަމަށް އެދިފައިވަނީ ރައީސް މުއިއްޒު ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯރަފުށި ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ހޯރަފުށި އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދައިދިނުމަށް އެދުމުގެ އިތުރުން ކައުންސިލުން ވަނީ ހޯރަފުއްޓަށް ބޭނުންވާ އިތުރު ކަންކަންވެސް މި ބައްދަލުވުމުގައި ފާހަގަ ކުރައްވާފަ އެވެ. އެގޮތުން އެ ކައުންސިލުން ވަނީ ހޮސްޕިޓަލްގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި ރަށުގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ރަށުގެ ބިން ހިއްކައިދިނުމަށް ވެސް ކައުންސިލުން އެދިފައިވެ އެވެ.

މީގެ އިތުރުން ހޯރަފުށި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށާއި އެރަށުގައި އިސްލާމިކް ސެންޓަރެއް ގާއިމުކޮށްދިނުމަށްވެސް ކައުންސިލުން ވަނީ އެދިފަ އެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ކައުންސިލުން ފާހަގަކުރި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

ހއ. ހޯރަފުށި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ