އަތޮޅު ކައުންސިލްތައް އުވާލުމާއި، މެންބަރުން ވަކިކުރުމުގެ ކުރިން ވޯޓެއް ނެގުމުގެ އިޞްލާޙު ބަލައިގެންފި

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މެންބަރުކަމުން ވަކިކުރުމުގެ ކުރިން ދާއިރާގެ ރައްޔިތުންގެ ވޯޓެއް ނަގަންޖެހޭގޮތް ހެދުމަށް އަދި އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.

މި އިސްލާހު މަޖިލީހަށް ބަލައިގަނެފައިވަނީ 56 މެންބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހު ބަލައިގަތުމުން ދިރާސާ ކުރުމަށް ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

ޤާނޫނުއަސާސިއަށް އިސްލާހު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ބުނެފަިއވަނީ، މަޖިލީހުގެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ މެންބަރުކަމުން އެ މެންބަރު ވަކިކުރާ ހާލަތުގައި، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވަކިކުުރމުގެ އިޖުރާއަތުތައް ޤާނޫނުއަސާސީގައި ކަނޑައެޅުމާއި، އަތޮޅު ކައުންސިލްތައް އުފެއްދުމަށް ޤާނޫނުއަސާސީން ލާޒިމުކުރާ ކުރުން އުވާލުރުމަށެވެ.

އެގޮތުން މި އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން އެ މެންބަރަކު ވަކިކުރާ ހާލަތުގައި، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނީ، އެ މީހަކު އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓެއްގައި، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ ކަމަށެވެ. އަދި އެ އާންމު ވޯޓުގައި، މަޖިލީހުގެ މެންބަރު ކަމުން ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުގައި ދެމިހުންނާނީ، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި މުއްދަތުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން އަތޮޅު ކައުންސިލްތައް އުފެއްދުމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ބައިތައް އުނިކުރުމަށްވެސް މި އިސްލާހުގައި ހުށަހަޅާފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް އިބްރާހިމް ޝުޖާއު ޤާނޫނުއަސާސީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ