މޮރޮކޯއާ ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް މޮރޮކޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު މާލިކީ އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް މަޝްވަރާ ކުރައްވައިފި އެވެ.
އެ ދެބޭފުޅުން މަޝްވަރާ ކުރައްވާފައި ވަނީ، ސާފީރު މާލިކީ، މިނިސްޓާރ ޚަލީލްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގަ އެވެ.
މި ބައްދަލުވުމުގައި ރާއްޖެ އާއި މޮރޮކޯއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޚާލީލް ވަނީ ، ރާއްޖެއާއި މޮރޮކޯއާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށާއި، މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުން ވެސް މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފަ އެެވެ.
މީގެ އިތުރުން، ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ތަޢުލީމީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފަ އެވެ.
ރާއްޖެއާ މޮރޮކޯއާ ދެމެދު ހާރިޖީ ހުޅުން ގާއިމު ކުރެވުނީ ފެބްރުއަރީ 4، 1988 ގަ އެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މޮރޮކޯ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް