ރަސްމާލެ މަޝްރޫއާ ގުޅިގެން ބަދަލެއް ހޯދާކަށް ނޫޅެން، އެއީ ދޮގެއް: ސީއެމްސީސީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރަސްމާލެ ހިއްކަން ހަވާލުކުރި ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ބަދަލު ހޯދަން މައްސަލަ ހުށަހަޅަން އުޅޭ ކަމަށް ފަތުރާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.

ރަސްމާލެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ސީއެމްސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު އެވެ. މި މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދޭ ގޮތަށް ވަނީ އެއްބަސްވެފަ އެވެ.

ސީއެމްސީސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މުޅި ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފުރަތަމަ އެއްބަސްވި ގޮތަށް ނުދިޔުމުން، އެކަމާ ގުޅޭ ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި، ދެ ފަރާތުން އެއްބަސްވި ގޮތަށް މަސައްކަތް ވަނީ ނިންމާފަ އެވެ. އަދި މަސައްކަތުގެ ބަދަލަށް ދޭން އެއްބަސްވި ބިންތައް ނުދޭ ގޮތަށް އެޗްޑީސީން ނިންމާފައިވާތީ، ރަސްމާލެ ސައިޓް ޖޭގެ މަސައްކަތް ކޮށްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިންގ މޮޑެލްގެ ދަށުންނެވެ.

އެ ކުންފުނިން އިތުރަށް ހާމަކުރި ގޮތުގައި، އެޗްޑީސީން ފައިސާ ދޭން ޖެހޭނީ ފަހުން އެއްބަސްވި ގޮތަށް ކުރާ މަސައްކަތްތަކަށް އެކަންޏެވެ. އަދި ސެޓްލްމަންޓުގެ ގޮތުގައި ފައިސާ ދީފައިވާ ކަމަށް ބައެއް ނޫސްތަކުގައި ލިޔެފައިވީ ނަމަވެސް، ސަރުކާރުގެ ފަރާތުން އެއްވެސް ފައިސާއެއް ދީފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

ސީއެމްސީސީގެ ބަޔާނުގައި ވަނީ އެ ކުންފުނީގެ އަގު ވެއްޓޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

ރަސްމާލެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ