މޯލްޑިވިއަންގެ ޗައިނާ ދަތުރުތަކުން ފަތުރުވެރިކަން އައު ހަރުފަތަކަށްދާނެ: މިނިސްޓަރު ފައިސަލް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ ސިޓީތަކަށް ފެށި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ތާރީހުގައި ރާއްޖޭގެ ފަތުރުވެރިކަން ނުގެންދެވޭ ހިސާބަކަށް ގެންދެވޭނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ ޗައިނާގެ ޗެންޑޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ ފުރަތަމަ ފްލައިޓް އައުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި  ރަސްމިއްޔާތަކަށް ފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މިނިސްޓަރު ވަނީ ރާއްޖޭގެ ގައުމީ އެއާލައިން، އެހެން ގައުމުތަކުގެ ގައުމީ އެއާލައިން އޮތް ހިސާބަށް ގެންދިއުމަށްޓަކައި އަދުގެ ސަރުކާރުން ކުރަމުން ގެންދަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އަދި މި މަސައްކަތަށްޓަކައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އަށާއި މޯލްޑިވިއަންގެ އެމްޑީއާއި މުޅި ޓީމަށް ޝުކުރު އަދާ ކުރާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަޅުގަނޑުމެން އެންމެން ގުޅިގެން ޓީމެއް ގޮތުގައި މި ކުރެވޭ މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދާނީ، ދިވެހިރާއްޖޭގެ ތާރީހުގަ ފަތުރުވެރިކަން ނުގެންދެވޭ ހިސާބަށް، އެހެން ހަރުފަތަކަށް ގެންދެވުން.

ޗައިނާއާއި ރާއްޖޭއާއި ދެމެދު މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފެށުމަކީ ވަރަށް ބޮޑު ކާމިޔާބެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މޯލްޑިވިއަންގެ ފްލައިޓެއް ޗައިނާގެ ފަތުރުވެރިން ގޮވައިގެން ރާއްޖެއަށް އައުމުން ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ ހައިސިއްޔަތުން ވަރަށް ބޮޑަށް އުފާ ކުރާ ކަމަށާއި މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

މިނިސްޓަރު ފައިސަލް ވަނީ މި ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަން ކުރިއަރާ ފަތުރުވެރިކަމުގެ ދާއިރާގައި އިތުރު ވަޒީފާތައް އުފެދި މި ދާއިރާއަށް އިތުރު ކުރިއެރުން ލިބޭނެކަމަށް އުންމީދު ކުރެވޭކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެ - ޗައިނާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ޓޫރިޒަމް މޯލްޑިވިއަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ