އުރީދޫން ހިދުމަތް ހޯދާ ފަރާތްތަކުގެ މަދުގައި، ދޯހާ މެރަތަންގައި ބައިވެރިވުމަށް ބޭއްވި ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާ މެރެތަންއަށް ދިއުމަށް ފުރައިފި އެވެ.
އުރީދޫން ބުނީ މާދަމާ ގަތަރުގައި ކުރިއަށްދާ ދޯހާ މެރަތަންގައި ދުވުމުގެ ފުރުސަތު ލިބުނު ދެ ކަސްޓަމަރުންނަކީ މުހައްމަދު އަޒުހަދު އަހުމަދާއި ތޯރިގު މުހައްމަދު ރަޝީދު ކަމަށެވެ.
އުރީދޫ މުވައްޒަފުންގެ މެދުގައި ނެގުނު ލަކީޑްރޯއިން ހޮވުނީ ހަމްޒީނާ ފުއާދު އަދި ހުސައިން ފަރާޒު މުހައްމަދު ކަމަށް އެ ކުންފުނިން ބުންޏެވެ.
ވޯލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް ހޯދާފައިވާ ދޯހާ މެރެތަންގައި، މި އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 15،000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވެ އެވެ.
އުރީދޫން ބުނީ ވޯލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް އާއެކު ދޯހާ މެރެތަންގައި ދުވެގެން އެހެން މަގުބޫލު މެރެތަންތަކަށް ދިއުމަށް ކޮލިފައިވާނެ ކަމަށެވެ.