ދިވެހިރާއްޖޭގައި ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބްލޮކްކުރަން އުޅޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައިނުވާކަމަށްވެސް ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވިގޮތުގައި ”އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނުވެ“ އެވެ.
ހީނާ އިތުރަށް ވިދާޅުވިގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤާނޫނުއަސާސީގެ އިންތަކާއި ޙުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުން ކަމަށެވެ.
އިދިކޮޅު މައި ޕާޓި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީި (އެމްޑީޕީ) އިން މި ފަހުން ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް، އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ސަރުކާރުން ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ކަމުގައިވާ ”އެކްސް“ އަދި ”ޓިކްޓޮކް“ ރާއްޖޭގައި ބޭނުން ނުކުރެވޭގޮތް ހަދަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމާއެކު، އެފަދަ ބިލެއް ސަރުކާރުން މަޖިލީޖހަށް ހުށަހަޅަން ރާވަމުން އަންނަކަމަށް އެނާ ތުހުމަތުކުރެއްވި އެވެ.
މިއީ ސަރުކާރުން މި ތުހުމަތުތައް ރަސްމީކޮށް ދޮގުކުރި ފުރަތަމަ ފަހަރު އެވެ.
ހީނާ ވަލީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް