ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭގޮތުން އަޒަރުބައިޖާނާއެކު މަޝްވަރާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ބެހޭގޮތުން އަޒަރުބައިޖާނާއެކު ރާއްޖެއިން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އަޒަރުބައިޖާނު ސަރުކާރުގެ ހައި-ލެވެލް ވަފުދެއް ރާއްޖެއަށް މިހާރު ކުރަމުންދާ ދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވުޒާރާއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ޚާރިޖީ ވުޒާރާއިން ބުނީ އަޒަރުބައިޖާން ސަރުކާރު ތަމްސީލްކުރައްވާ ރާއްޖެ ވަޑައިގެން ތިއްބެވި ހައި-ލެވެލް ވަފުދުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ފޯރަމެއް ބާއްވައި، އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓްކުރެވެންހުރި ފުރުޞަތުތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

މި ފޯރަމްގައި ކަމާގުޅޭ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕްރެޒެންޓޭޝަންތައް ހުށަހަޅާފައިވެއެވެ. މި ޕްރެޒެންޓޭޝަންތަކުގައި އިއާދަކުރަނިވި ހަކަތަ، ތިމާވެށި، ގެދޮރާއި ޢިމާރާތް އެޅުން، ރިއަލް އެސްޓޭޓް، ދަތުރުފަތުރު، މަދަނީ އުދުހުންތައް، ފަތުރުވެރިކަން އަދި ލޮޖިސްޓިކްސްފަދަ ދާއިރާތަކުން އިންވެސްޓްކުރުމަށްހުރި ފުރުޞަތުތަކަށް އަލިއަޅުވާލާފައިވެއެވެ.

ޚާރިޖީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި މި ފޯރަމަކީ އިޤުތިޞާދީ ގޮތުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިވެ، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތުތައް މި ފޯރަމްގެ ސަބަބުން ހުޅުވިގެންދިޔަ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

ފޯރަމް ހުށަހަޅައިދެއްވީ ޚާރިޖީ ވުޒާރާގެ އެމްބެސެޑަރމްބެސެޑަރ އެޓް ލާޖް، ޢަބްދުﷲ ހަމީދެވެ. އެމްބެސެޑަރ ހަމީދު ވިދާޅުވި ގޮތުގައި މި ފޯރަމްގެ ސަބަބުން އައު ޕްރޮޖެކްޓްތައް އިފްތިތާޙުކުރުމަށް މަގުފަހިވެ، ދެ ޤައުމުގެ އިޤުތިޞާދީ ގުޅުން އިތުރަށް ބަދަހިވާނެއެވެ.

ރާއްޖެ - އަޒަރުބައިޖާން އަޒަރުބައިޖާން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ