އަހަރުގެ ފުރަތަމަ ރިސޯޓު މިނިސްޓަރު ފައިސަލް ހުޅުވައިދެއްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ ފުރަތަމަ ރިސޯޓްގެ ގޮތުގައި ޖޭޑަބްލިއު މެރިއޮޓް އިންޓަނޭޝަނަލްގެ އަށްވަނަ ރިސޯޓް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ.

މި ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. މި ރިސޯޓަކީ އެނބޫދޫ ފަޅުގައި ހިއްކައިގެން ހަދާފައިވާ 82 ކޮޓަރީގެ ރިސޯޓެކެވެ.

ޖޭޑަބްލިއު މެރިއޮޓް އިންޓަނޭޝަނަލްގެ ރިސޯޓު ހުޅުވައިދެއްވުމަށް ފަހު މިނިސްޓަރު ފައިސަލް ވިދާޅުވީ ފޭދޫ ފިނޮޅު ފަޅުގައި ޗައިނާގެ ކުންފުންޏަކުން ހަދައި ދުސިތާނީ ކުންފުނިން މެނޭޖުކުރާ ރިސޯޓެއްވެސް މި އަހަރުގެ މާޗު މަހު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވަރަށް ގިނަ އެނދުތަކެއް އަންނާނެ. މިދިޔަ އަހަރަށްވުރެ ގިނަ އެނދުތަކެއް އަންނާނެ. އަޅުގަނޑަށް ގަބޫލު ކުރެވެނީ މި އަހަރު އިތުރު ރިސޯޓްތަކާއި ގެސްޓްހައުސްތަކެއް ހުޅުވިގެންދާނެ ކަމަށް. ލޯކަލް ޓޫރިޒަމް ވަރަށް ބާރަށް ކުރިއަށް އެބަދޭ.

މިނިސްޓަރު ފައިސަލް އިތުރަށް ވިދާޅުވި ގޮތުގައި، މި އަހަރު ޓޫރިޒަމް ނެތް ދުރު އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތްކުރާނެއެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރަން ބޮޑު ޝައުގުވެރިކަމެއް އިންވެސްޓަރުންގެ އެބަހުރިކަން ފާހަގަކުރެއްވިއެވެ.

މާލެއާ ދުރަށް ޓޫރިޒަމް ގެންދަން އިރާދަކުރެއްވިއްޔާ މި އަހަރު އިންވެސްޓަރ ފޯރަމްތައް އިންޑިއާ އާއި ދުބާއީ އަދި ތައިލެންޑުގައި ބާއްވާނަން. މީގެ އިތުރުން މެދުއިރުމަތީގެ އެހެން ގައުމުތައް ވެސް އެބަ ބަލަން.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، 2024 ވަނަ އަހަރު ޓޫރިޒަމަށް ދޫކުރި ރަށްތަކުން ލިބުނު އާމްދަނީ، އޭގެ ކުރީގެ ދެ އަހަރާ އަޅާބަލާއިރު 100 އިންސައްތަ އިތުރުވެފައިވެއެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިންވެސްޓްމަންޓް އިތުރުވަމުންދާކަމުގެ ހެއްކެކެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިނިސްޓްރީ އޮފް ޓޫރިޒަމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ