ގާނޫނު އަސާސީގެ ދިފާއުގައި ނިކުމެ ސަލާމަތީ ބާރުތަކަށް ހަމަލަދީ ގައުމު ހަލަބޮލިކުރާނީ އެއް ނޫން: ނަރީޝް

Advertisement

އެންމެ ފަސް

Advertisement

ގާނޫނު އަސާސީގެ ދިފާއުގައި ނިކުމެ ސަލާމަތީ ބާރުތަކަށް ހަމަލަދީ ގައުމު ހަލަބޮލިކުރާނީ އެއް ނޫން ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ނަރީޝް މިހެން ވިދާޅުވެފައި ވަނީ، އެމްޑީޕީ އިން މުޒާހަރާ ކުރަން އިއުލާނު ކުރުމާއި ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ނަރީޝްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ”ޤާނޫނު އަސާސީގެ ދިފާޢުގައި އޭ ކިޔާފައި ތަންތާ ހުޅުޖަހާ ރޯކޮށް މީސްމީހުންގެ މުދަލަށް ގެއްލުންދީ މާރާމާރީ ހިންގާ އަމަން ބަލަހައްޓަން ނިކުންނަ ސަލާމަތީ ބާރުތަކަށް ހަމަލަދީ ގައުމު ހަލަބޮލިކުރާނީ އެއް ނޫން“ ކަމަށެވެ.

އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މި މަހު 31 ގައި މުޒާހަރާ އަށް ނިކުންނަން އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ވަނީ ފާސްކޮށްފަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ޖަލްސާގައި ސިދާ ހަރަކާތަށް ނިކުންނަން ގަރާރު ހުށަހެޅީ އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް އެވެ.

އެމްޑީޕީން ބުނާ ގޮތުގައި ގާނޫނު އަސާސީ އިސްލާހުކޮށްފައި ވަނީ އެ ގާނޫނުގެ 90 ވަނަ މާއްދާ އާ މުޅިން ހިލާފަށެވެ. މި ސަބަބަށްޓަކައި އެމްޑީޕީން ވަނީ ގާނޫނު އަސާސީގެ ދިފާއުގައި ނިކުންނަން ނިންމާފައެވެ.

އަހުމަދު ނަރީޝް އެމްޑީޕީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ