ޔޫއޭއީއާއެކު އެކި ދާއިރާތަކުން އެއްބާރުލުން ދޭން މަޝްވަރާ ކުރެވުނު: މިނިސްޓަރު ހަލީލް

Advertisement

Advertisement

އެންމެ ފަސް

Advertisement

އެކުވެރި އަރަބި އިމާރާތަށް ކުރެއްވި ދަތުރުފުޅުގައި އެކި ދާއިރާތަކުން ދެ ގައުމުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނުކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހަލީލް މިހެން ވިދާޅުވީ ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތާ ދެމެދު އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ބަދަހިކުރެވުނު ކަމަށެވެ.

މި ދަތުރުފުޅުގައި އެކުވެރި އަރަބި އިމާރާތުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު، ޝައިޚް އަބްދުﷲ ބިން ޒާޔިދު އަލް ނަހްޔާން އާއި އެ ޤައުމުގެ އިސް އޮފިޝަލުންނާއެކު އެކި ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފައިދާހުރި މަޝްވަރާތަކެއް ކުރެވުނު ކަމަށް މިނިސްޓަރު ހަލީލް ވިދާޅުވި އެވެ.

އެކުވެރި އަރަބި އިމާރާތުން ދެމުންގެންދާ ހީވާގި އެހީތެރިކަމަށްޓަކައި ޝުކުރުވެރިވަން.

މީގެ އިތުރުން، މި ދަތުރުފުޅުން ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތާ ދެމެދު އޮތް ވަރުގަދަ ގުޅުން އަލުން ކަށަވަރުކޮށްދެވުނު ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދިޔަ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ހަލީލް ވަނީ މިމަހުގެ ކުރީ ކޮޅު އިންޑިއާއަށްވެސް ވަޑައިގަންނަވާފަ އެވެ. އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލު ކުރައްވާ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމަށް ގިނަ މަޝްވަރާތަކެއް ކުރައްވާފަ އެވެ.

ރާއްޖެ - ޔޫއޭއީ އެކުވެރި އަރަބި އިމާރާތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ