މެރިޓައިމް ދާއިރާ ކުރިއެރުވުމަށް އެމްއެސްއެސް އިން ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ކަނޑުގެ ދާއިރާގައި ދިވެހި ހުނަރުވެރިން އުފެއްދުމަށް އަމާޒުކޮށްގެން ދެ ސްކޮލަޝިޕް ފުރުސަތެއް ހުޅުވާލައިފި އެވެ. މި ފުރުސަތުތައް ހުޅުވާލާފައިވަނީ އެމްއެސްއެސްގެ ކަލާސީން ޕްރޮގްރާމްގެ ދަށުންނެވެ.

މި ސްކޮލަޝިޕްތަކުގެ ދަށުން ކުރިއަށް ގެންދާނީ މެރިން އިންޖިނިއަރިން އަދި ނޯޓިކަލް ސްޓަޑީޒްގެ ޑިޕްލޮމާ ފެންވަރުގެ ކޯސްތަކެވެ. މި ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނީ ފަސް މާއްދާއަކުން އޯލެވެލް އިމްތިހާނުން ފާސްވެފައިވާ، އަދި ސިއްހީ އެއްވެސް މައްސަލައެއް ނެތް، ޚާއްޞަކޮށް ފެނުމުގެ އުނިކަމެއް ނެތް ފަރާތްތަކަށެވެ.

ސްކޮލަޝިޕްގެ މުއްދަތަކީ ތިން އަހަރާއި ހަތަރު މަސް ދުވަހެވެ. ކިޔެވުން ފުރިހަމަކުރާ ފަރާތްތަކުން 18 މަސް ދުވަހުގެ މުއްދަތަށް އެމްއެސްއެސްގައި މަސައްކަތްކުރަން ޖެހޭނެއެވެ.

އެމްއެސްއެސްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ކުންފުނި އުފެދުނީއްސުރެ ކަނޑުގެ ސިނާޢަތް ތަރައްޤީކުރުމަށް އިސްކަންދީފައިވަނީ އޮޕަރޭޝަންތައް އިތުރުކުރުމުގެ އިތުރުން ހުނަރުވެރި ޕްރޮފެޝަނަލުން އުފެއްދުމަށެވެ. މި ސްކޮލަޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި އަމިއްލައަށް ދެމެހެއްޓެނިވި ޝިޕިންގ ދާއިރާއެއް އުފެއްދުމަށް އަޅާ އިތުރު ފިޔަވަޅެކެވެ.

މި ސްކޮލަޝިޕްތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 21 ވަނަ ދުވަހެވެ. ޝަރުޠު ހަމަވާ ފަރާތްތަކަށް މި ފުރުޞަތުގައި ބައިވެރިވުމަށް އެމްއެސްއެސްއިން ހިތްވަރުދެއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ