ހުޅުމާލޭ ބޮޑު މިސްކިތް މަރާމާތުކުރުމަށް އުރީދޫއިން އެހީ ހޯދައިފި

Advertisement

އެންމެ ފަސް

Advertisement

ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން ހުޅުމާލޭ ބޮޑު މިސްކިތް، މަސްޖިދުލް ޝައިހް ގާސިމް ބިން އަލްޝާނީ މަރާމާތު ކުރުމަށް އުރީދޫއިން އެހީ ހޯދައިފި އެވެ.

އުރީދޫއިން ވަނީ އެ މިސްކިތުގައި އެއާކޮންޑިޝަން ހަރުކޮށް، އެ މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް ގަތަރު ޗެރިޓީއާ އެކު ކުރަން ނިންމާފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް-ހަމާދީ އާއި ގަތަރު ޗެރިޓީގެ ޗީފް މާކެޓިން އޮފިސަރު އަހްމަދު ފަހްރޫ މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދޯހާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

މި އެއްބަސްވުމުގެ ދަށުން މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އުރީދޫން ބުންޏެވެ. އެ މަސައްކަތް ރޯދަ މަސް ފެށުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

2006 ވަނަ އަހަރު އިމާރާތްކުރި ހުޅުމާލޭ ބޮޑު މިސްކިތަކީ 1800 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.

މި މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން އުރީދޫއާ ހަވާލު ކުރީ މިދިޔަ މަހުގެ ފަހު ކޮޅު އެވެ. އެ މަސައްކަތް ކުރާނީ އުރީދޫގެ ހަރަދުގައިކަން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އަހުމަދު ނަރީޝް އުރީދޫ މާލެ ސިޓީ ކައުންސިލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ