ޝިޔާމްގެ މައްޗަށް ކުށް ސާބިތު ނުވުމުން ހައިކޯޓަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) އަހުމަދު ޝިޔާމާ ދެކޮޅަށް ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ޝިޔާމްގެ މައްޗަށް ކޮށްފައިވަނީ 2020 ޑިސެމްބަރު 28 ވަނަ ދުވަހު އެވެ. ޝިޔާމްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޝިޔާމަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން ނެވެ.

މި މައްސަލައިގައި ޝިޔާމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 1 އޮކްޓޫބަރު 2024 ގައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. މި މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ޝިޔާމްގެ މައްޗަށް ދައުވާކުރުމަށް އޭސީސީން އެދުނީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބުނާ މައްސަލައިގަ އެވެ. އެގޮތުން އެމްއާރުސީސީގެ ވީ.އައި.ޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް، ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވާކަން އޭސީސީން ފާހަގަ ކޮށްފައިވެ އެވެ. އަދި ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމްއެންޑީއެފްގައި ކުރިން މަސައްކަތްކުރި ފަރާތެއް އެމްއާރުސީސީގެ ވީއައިޕީ ގޭގައި ދިރިއުޅެފައިވާކަމަށްވެސް އޭސީސީން ބުނެފައިވެ އެވެ.

އެހެންނަމަވެސް ޝިޔާމްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ހުކުމް ކޮށްފައިވަނީ އެމްއާރުސީސީގެ ވީ.އައި.ޕީ ގޭގައި މީހުން ބެހެއްޓުމަށް ލިޔެވިފައިވާ ވަކި ހާއްސަ އުސޫލެއް ނެތުމާއި، އެތަނުގައި ބަހައްޓަމުން ދިޔައީ ޗީފް ޑިފެންސްގެ ބިއުރޯއިން ހުއްދަ ދޭ ފަރާތްތައް ކަމަށްވާތީ އެވެ. އަދި ސިފައިންގެ އާއިލާގެ މީހުންނާއި ދައުވަތަށް އަންނަ މީހުން އެކި މުއްދަތަށް އެތަނުގައި ބައިތިއްބާކަންވެސް ފާހަގަ ކޮށްފައިވެ އެވެ. މީގެއިތުރުން ޝިޔާމްގެ ބައްޕަ އެތަނުގައި ހުރި މުއްދަތުގައި އެކި ހިދުމަތްތައް ފޯރުކޮށްދިން ސިފައިންގެ މީހާ އެކަން ކޮށްފައިވަނީ އޭނާގެ ހުސްވަގުތުގައި އޮތް ގާތްކަމެއްގެ ސަބަބުން ކަމަށް ބުނެފައިވާކަން ފާހަގަ ކޮށްފައިވެ އެވެ. އަދި ޝިޔާމްގެ ބައްޕަގެ ކެއިންބުއިމާއި ދަތުރުފަތުގެ ކަންކަމަށް ހަރަދު ކޮށްފައިވަނީ ޝިޔާމްގެ ޖީބުން ކަމަށް ބުނެ ހެކިބަސްދީފައިވާ ކަންވެސް ފާހަގަ ކޮށްފައިވެ އެވެ.

ހައި ކޯޓު ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކްރިމިނަލް ކޯޓު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ