ހަނިމާދޫ އެއާޕޯޓުގެ 77 އިންސައްތަ މަސައްކަތް ނިމިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހަނިމާދޫ އެއާޕޯޓުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވެއްޖެ އެވެ.

މުބީން މިހެން ވިދާޅުވެފައިވަނީ ޖަވިޔަނި ނޫހަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.

މުބީން ދެއްވި މަޢުލޫމާތުގައި، އެއާޕޯޓުގެ އެކި ބައިތަކުގެ މަސައްކަތް ނިމިފައިވާ މިންވަރު ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ޓާމިނަލް ބިލްޑިންގގެ 64 އިންސައްތަ، އޭޓީސީ ޓަވަރުގެ 88 އިންސައްތަ، ޖީއެސްއީގެ 93 އިންސައްތަ، އޮގަރުގެ 89 އިންސައްތަ އަދި ފިއުލް ޕްރޮޖެކްޓުގެ 57 އިންސައްތަ ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.

ރަންވޭގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށާއި، ނަމަވެސް ޕެއިންޓިންގ އާއި އެހެނިހެން ކުދިކުދި މަސައްކަތްތައް ނުނިމި ހުރި ކަމަށް މުބީން ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް ރަންވޭގެ 98 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، ކާގޯ ބިލްޑިންގގެ 90 އިންސައްތަ އަދި އެއާޕޯޓުގައި ހަދާ މަގުތަކުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް މުބީން ހާމަކުރެއްވި އެވެ.

މި އެއާޕޯޓުގެ އަމާޒަކީ އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ޓާމިނަލްއެއް ހަނިމާދޫގައި ޤާއިމުކުރުން ކަމަށް މުބީން ވިދާޅުވި އެވެ. އަދި އެއާޕޯޓު ނިމުމުން، މެދުރާއްޖެތެރެއާއި އުތުރަށް ދަތުރުކުރާ ފަރާތްތަކަށް ރާއްޖެއިން ބޭރަށް ސީދާ ފްލައިޓްތައް ގެނެސް، އުތުރުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ހާމަކުރެއްވި އެވެ.

މުބީން އިތުރަށް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ވަރަށް ބާރު މިނުގައި ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫޢު ނިމުމުން، އުތުރު ސަރަޙައްދުގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ.

ހދ. ހަނިމާދޫ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ