ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އިންވެސްޓަރުންނަށް އޮތް ރަނުގެ ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ހިފައި އެ ސަރަހައްދުގައި އިންވެސްޓް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއެރުވުމުގައި މި އެއާޕޯޓް ވެގެންދާނީ ވަރަށް ބޮޑު ބޫސްޓެއް ގެންނާނެ ކަމެއް ކަމަށެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް އަވަހަށް ނިންމުމުގެ ބޭނުމަކީ މި ސަރަހައްދުގެ ރައްޔިތުންނަށް އަވަސްމިނެއްގައި އިގްތިސާދީ ފަހި ފުރުސަތުތައް ހޯދައިދީ އިންވެސްޓަރުން މި ސަރަހައްދަށް ގެނެސްދިނުން ކަމަށެވެ.
ހއ. އަތޮޅުގައި މޯލްޑިވްސް ގޭޓްވޭގެ މަސައްކަތްތައް ފަށާގަނެފައިވާކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވަނީ މިކަންކަމަށްޓަކައި މިއަދު މި ހުޅުވޭ ދޮރާށީގެ ބޭނުން އެންމެ ފުޅާމިނުގައި ރާއްޖޭގެ ކުދިބޮޑު ވިޔަފާރިވެރިން ހިފުމަށް ގޮވާލައްވާފަ އެވެ.
”ރާއްޖޭގެ ކުދިބޮޑު މެދުފަންތީގެ ހުރިހާ ވިޔަފާރިވެރިން މި ސަރަހައްދަށް ވަޑައިގަންނަވަން، މިސަރަހައްދުގައި އިންވެސްޓް ކުރައްވަން، މި އޮޕަޗުނިޓީގެ ބޭނުން މިވަގުތު ހިއްޕަވަން، މިއީ ވަރަށް ބޮޑު ރަނުގެ ފުރުސަތެއް. މިއީ ވަރަށް ފުން، ފުޅާ ރަނުގެ ބޮޑު ފުރުސަތެއް ހުރިހާ ދާއިރާއަކުންވެސް މިސަރަހައްދުގައި އެބައޮތް.“
ރައީސް މުއިއްޒު ވިދާޅުވީ ބޮޑުތިލަދުންމަތީގައި އިންވެސްޓް ކުރުމަށް ވިޔަފާރިވެރިންނަށް ކަންކަން ފަހިކޮށްދެވޭނެ ހުރިހާ މަގަކުން މަސައްކަތް ކުރުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ. ރާއްޖޭގެ އިންވެސްޓަރުންގެ އިތުރުން ރާއްޖެއިން ބޭރުގެ އިންވެސްޓަރުންވެސް ރާއްޖެއަށް އައުމަށް ރައީސް މުއިއްޒު ގޮވާލެއްވި އެވެ.
2465 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރެވުނު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް މިރޭ، އެ ރަންވޭއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ރައީސް މުއިއްޒު ދަތުރުފުޅުކުރެއްވި، މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓެވެ. މިއީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތާރީޚުގައި އެއެއަރޕޯޓަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
