ސަރުކާރު އައިރު އެއަރޕޯޓްތައް ހުރީ ވަރަށް ބޮޑަށް މަރާމާތުކުރަންޖެހިފައި: މުބީން

Advertisement

Advertisement

އެންމެ ފަސް

Advertisement

މި ސަރުކާރު އައިރު އެއަރޕޯޓްތައް ހުރީ ވަރަށް ބޮޑަށް މަރާމާތުކުރަންޖެހިފައި ކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.

މުބީން މިހެން ވިދާޅުވެފައި ވަނީ، ޖަވިޔަނި ނޫހަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގަ އެވެ.

މުބީން ވިދާޅުވި ގޮތުގައި، އެއަރޕޯޓްތަކާ ހަވާލުވިއިރު ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި، ގިނަ އެއަރޕޯޓުތަކުގެ ފެންސުތައް ހަލާކުވެފައި ހުރި ކަމަށެވެ. އަދި ގިނަ އެއަރޕޯޓްތަކެއްގެ ފަޔަރ ޓްރަކްތައް ހުރީ ކިރިޔާ ބޭނުންކުރެވޭ ހިސާބުގައި ކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ.

”ގިނަ ފުރާޅުތަކަކުން ވާރޭވެހި ބޮޑެތި މައްސަލަތަކެއް ހުރި އަޅުގަނޑުމެން އައިއިރުގައި،“ މުބީން ވިދާޅުވި އެވެ.

އެހެންނަމަވެސް، މިދިޔަ ދުވަސްތަކުގައި އެ ހުރިހާ ކަންތައްތަކެއް އާރުއޭސީއެލްގެ ޓީމުތަކުން ހައްލުކޮށްފައިވާ ކަމަށްވެސް މުބީން ވިދާޅުވި އެވެ.

މުބީން އިތުރަށް ވިދާޅުވި ގޮތުގައި، 2024 ވަނަ އަހަރު އާރުއޭސީއެލްގެ ޓީމުތަކުން ކުރި މަސައްކަތުން ހުރިހާ އެއަރޕޯޓެއްގެ މާސްޓަރ ޕްލޭންތައް ހަދައި، ކުރިޔަށް އޮތް 30 އަހަރުގެ ތެރޭގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި، ހުރިހާ ކައުންސިލްތަކާ ބައްދަލުކޮށް އެ ކައުންސިލްތަކާ އެކު މަސައްކަތްކޮށް، މި އެއަރޕޯޓްތައް ތަރައްޤީވެގެން އަންނައިރުގެ ތަސައްވުރެއް ހަދައިގެން 2024 ވަނަ އަހަރު މަސައްކަތް ކޮށްފައިވެ އެވެ.

ތަފާތު ދަތިތަކާ އެކުގައިވެސް ގިނަގުނަ ކާމިޔާބީތަކެއް 2024 ވަނަ އަހަރު ހާސިލްކުރެވިފައިވާ ކަމަށްވެސް މުބީން ވިދާޅުވި އެވެ.

ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ