ހަންގޭރީގައި ކިޔެވުމަށް 25 ސްކޮލަރޝިޕް ފުރުސަތު

Advertisement

އެންމެ ފަސް

Advertisement

ޕީއެޗްޑީ ހިމެނޭހެން ހަންގޭރީގައި ކިޔެވުމަށް 25 ސްކޮލަރޝިޕަކަށް އެދުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ، މި ސްކޮލަރޝިޕްތަކުގައި ކިޔެވޭނީ ހަންގޭރީގެ ޔުނިވަރސިޓީތަކުން ކަމަށެވެ. މިއީ ހަންގޭރީގެ ސަރުކާރުން ހިންގާ ސްކޮލަރޝިޕް ޕްރޮގުރާމަކުން ދިވެހިންނަށް ހޯދައިދީފައިވާ ފުރުސަތެއް ކަމަށެވެ.

މި ސްކޮލަޝިޕްގެ ފުރުސަތުތަކުގެ ތެރޭގައި، 8 ބެޗްލަރސް ޑިގްރީ، 14 މާސްޓަރސް ޑިގްރީ އަދި 3 ޑޮކްޓަރަލް ޑިގްރީގެ ފުރުސަތު ހިމެނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ، ސްކޮލަރޝިޕްގައި ކިޔެވުމަށް އެދި ހުށައަޅާ ދަރިވަރުން ވުޒާރާއިން ޝޯޓްލިސްޓުކުރާނެ ކަމަށެވެ. އެއަށްފަހު ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުން ކަނޑައަޅާނީ ސްކޮލަރޝިޕްދޭ ފަރާތުން ކަމަށެވެ.

ސްކޮލަރޝިޕަށް އެދި މަތީ ތަޢުލީމާބެހޭ ވުޒާރާގެ މައި އެޑިޔު ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެ އެވެ. ހުށައެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ މި ފެށޭ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ 14:00 އަށެވެ.

މި ސްކޮލަޝިޕާއި ގުޅޭ އިތުރު މައުލޫމާތު ވެބްސައިޓް އަދި 1474 މެދުވެރިކޮށް ލިބޭނެ އެވެ. އިތުރު މަޢުލުމާތު ސާފުކުރެއްވުމަށް އެ މިނިސްޓްރީއަށް އީ-މެއިލް ކުރެވޭނެ އެވެ.

ހަންގޭރީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ