ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ޗައިނާއިން އާންމުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއާއި ޗައިނާއާއި ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ޗައިނާއިން އާންމުކޮށްފި އެވެ.

ޗައިނާއިން މި އެއްބަސްވުން އާންމުކޮށްފައިވަނީ އެގައުމުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާ ބެހޭ ވެބްސައިޓުގަ އެވެ.

މި އެއްބަސްވުމަކީ ޗައިނާއިން މިހާތަނަށް ސޮއިކޮށްފައިވާ 16 ވަނަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ. އަދި މިއީ ދިވެހިރާއްޖެއިން ބޭރުގެ ޤައުމަކާއެކު ސޮއިކުރި ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ.

ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާ ބެހޭ ވެބްސައިޓުގައި ބުނެފައިވަނީ މި އެއްބަސްވުމުގައި ސޮއިކުރުމަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ 19 ވަނަ ޤައުމީ ކޮންގްރެސްގައި ހުށަހެޅުނު ”މިނިވަން ވިޔަފާރީގެ ސަރަޙައްދުތަކާއި ހުޅުވާލެވިފައިވާ ދުނިޔޭގެ އިޤްތިޞާދެއް ކުރިއެރުވުން“ ގެ އެންމެ ފަހުގެ ކާމިޔާބީ ކަމަށެވެ. އަދި މިއީ ދެ ޤައުމުގެ ދެމެދުގައި މުސްތަޤްބަލަށް އަމާޒުކޮށްގެން ޤާއިމްކޮށްފައިވާ ހުރިހާ ދާއިރާއެއްގެ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިއީ ވަރަށް ބޮޑު ތަފާތުތަކެއް ހުރި ދެ ޤައުމެއްގެ ދެމެދުގައި ދެފަރާތަށްވެސް ފައިދާހުރި އެއްބާރުލުމުގެ މިސާލެއްކަމަށް ޗައިނާއިން ބުނެ އެވެ. އަދި މިއީ އެ ދެ ޤައުމުގެ ވިޔަފާރިއާއި އިޤްތިޞާދީ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ކަމެއް ކަމުގައިވެސް ފާހަގަކޮށްފައިވެ އެވެ.

މި އެއްބަސްވުމަކީ 2017 ވަނަ އަހަރު ޗައިނާއާއެކު ރާއްޖެއިން ސޮއިކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސަރުކާރުގެ މަޢުލޫމާތު ދެއްވާ ގޮތުގައި މިހާރުވެސް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ދަނީ ކުރެވެމުންނެވެ. އަދި މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު މި އަދަދު 1 ބިލިއަން ޑޮލަރަށް އަރާނެކަމަށް ސަރުކާރުން ލަފާކުރައްވަ އެވެ.

ރާއްޖެ - ޗައިނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިވަން ވިޔަފާރީގެ އެއްބަސްވުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ޗައިނާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ