އާ އަހަރުގެ ބަންދާ ދިމާކޮށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބާރު ބޮޑުވެފައިވާ ކަމަށް އެ އެއާޕޯޓު ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ބުނެފި އެވެ.
އައިއޭއެސްއެލްއިން މިހެން ބުނެފައިވަނީ އެކްސްގައި މިއަދު ކުރި ޕޯސްޓެއްގަ އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ ޑިސެމްބަރު މަސް އެއްކޮށް އެއާޕޯޓު ވަރަށް ބިޒީ ކަމަށާއި ގިނަ އަދަދެއްގެ އަމިއްލަ ޖެޓުތައް އައިސްފައިވާ ކަމަށެވެ. އަދި އެއާޕޯޓުގެ ރަންވޭ އޮތީ ކުރިއަށް އޮތް އާ އަހަރުގެ ބަންދަށް ތައްޔާރަށްކަމަށް އައިއޭއެސްއެލްއިން ބުނެ އެވެ.

އާ އަހަރާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުވެސް ބާރު ބޮޑުވެފައިވާކަމަށް އެމްއޭސީއެލްއިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި މި އަހަރު ވީއޭއައިއަށް އައި ޖެޓުގެ އަދަދުވެސް އިތުރުވެފައިވާކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
އެމްއޭސީއެލް އިންބުނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 137 ޖެޓު މޫވްމަންޓްސް ރިކޯޑް ކުރެވިފައިވާ ކަމަށެވެ. އެކަމަކު މި އަހަރުގެ ޑިސެމްބަރު މަހުގެ 30 އާ ހަމައަށް 148 ޖެޓު މޫވްމަންޓްސް ރިކޯޑްކުރެވިފައިވާ ކަމަށެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މާފަރު އިންޓަނޭޝަނަލް އެއާޕޯޓް މޯލްޑިވިއަން