މޯލްޑިވިއަނުން ފުނަދޫއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ގައުމީ އެއަރލައިން މޯލްޑިވިއަނުން ށ. ފުނަދޫއަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

މޯލްޑިވިއަށް އިން އެކްގައިކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މާލެއިން ށ. ފުނަދޫއަށް ކުރާ ދަތުރުތަށް އިތުރު ކުރެވިފައިވާ ކަމަށެވެ. އެގޮތުން، މިއަދުން ފެށިގެން ފުނަދޫ އެއަރޕޯޓަށް މޯލްޑިވިއަނުން ހަފްތާއަކު 4 ދަތުރު ކުރުމަށް ވަނީ ނިންމާފަ އެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ، ކޮންމެ ހަފްތާއެއްގެވެސް، އާދީއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

މޯލްޑިވިއަނުން މިހާރު ފުނަދޫ އެއަރޕޯޓަށް ކުރަނީ، ހަފްތާއަކު 3 ދަތުރެވެ. އެއީ ކޮންމެ ހަފްތާއެއްގެވެސް އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

ފުނަދޫ އެއަރޕޯޓުގެ ހިދުމަތް ފެށީ، 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. މި އެއަރޕޯޓަކީ މޫދުން 40 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރި އެއަރޕޯޓެކެވެ.

ށ. ފުނަދޫ މޯލްޑިވިއަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ