ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ބުދަ ދުވަހުން ފެށިގެން އަމަލުކުރަން ފަށަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެކަމަށް އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިޢުލާންކޮށްފި އެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ބައިވެރިވެ ވަޑައިގަތް އިރު، ޗައިނާގެ މިނިސްޓަރ އޮފް ކޮމާސް ވަންގ ވެންޓާއޯ އާއި އެހެނިހެން އިސްވެރިން ބައިވެރިވެ ވަޑައިގެންނެވީ އޮންލައިންކޮށެވެ.

މި އެއްބަސްވުމަކީ 2014 ވަނަ އަހަރު ޗައިނާއާއެކު ރާއްޖެއިން ސޮއިކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިނިސްޓަރ ސައީދު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، އެ ޤައުމުގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް ފަހިވެގެންދާނެ އެވެ. މީގެ އިތުރުން، ލޯޔަރުން، އާކިޓެކްޓުން، ސިއްޙީ ޚިދުމަތްތެރިން އަދި އެހެނިހެން ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ޗައިނާގެ މާކެޓަށް ޚިދުމަތް ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

ސަރުކާރުގެ މަޢުލޫމާތު ދެއްވާ ގޮތުގައި މިހާރުވެސް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ދަނީ ކުރެވެމުންނެވެ. އަދި މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު މި އަދަދު 1 ބިލިއަން ޑޮލަރަށް އަރާނެކަމަށް ސަރުކާރުން ލަފާކުރައްވަ އެވެ.

ރާއްޖެ - ޗައިނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ