ޗައިނާގެ އެހީތެރިކަމަކީ ދެ ޤައުމުގެ ގާތް ގުޅުމުގެ ހެކި: ފިނޭންސް މިނިސްޓަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ޗައިނާ އިން ރާއްޖެއަށް ދިން އެހީތެރިކަމުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މުހިންމު ކަން ދައްކުވައިދޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުން ސަރުކާރުގެ އެތައް މިނިސްޓްރީއެއްގެ މަސައްކަތަށް ބުރޫއެރުމާ ގުޅިގެންނެވެ. އެއީ ހައުސިން މިނިސްޓްރީ ހިނގި އަލިފާނުގެ ހާދިސާ އެވެ.

ޗައިނާ އިން ރާއްޖެއަށް 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ތަކެތި ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މި އެހީތެރިކަމަކީ ވަރަށް މުހިންމު އެހީތެރިކަމެއް ކަމަށާއި، ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މިއީ މުހިންމު ދައުރެއް އަދާކުރާނެ އެހީއެއް ކަމަށެވެ. އަދި އެ ގައުމުން ފޯރުކޮށްދިން މި އެހީތެރިކަމުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ދައްކުވައިދޭ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި އެހީގެ ތަކެތި ރާއްޖެއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި، އެހީގެ ތަކެތި ހޭންޑް އޯވާ ސެޓްފިކެޓްގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކޮންގް ޝިންހުއާ އެވެ. ޗައިނާގެ މި ކުއްލި އެހީގެ ޕެކޭޖްގައި ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނެ އެވެ.

މިނިސްޓަރު ޒަމީރުގެ ވާހަކަގައި، ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އުމްރާނީ ތަރައްޤީއާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޓަކައި ޗައިނާ ސަރުކާރުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރެއްވި އެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރެއްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދު އޮތް އިތުބާރު އިތުރުވެ، ގުޅުން ފުޅާވެފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އޮފީސް އިމަރާތުގައި އަލިފާން ރޯވީ މީގެ އެއް އަހަރުކުރިން ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އަމީނީ މަގު ކޮޅުން، ފުޑްކޯޓުތައް ސަރަހައްދުގައި ހުރި އިމާރާތުގައި ރޯވެ، އެއްކޮށް އެ އިމާރަތްތައްވަނީ ބިމާ ހަމަވެފަ އެވެ. އެއާއެކު ތިން މިނިސްޓްރީގެ މަސައްކަތްތައް ބަދަލުކުރީ ދަރުބާރުގެޔަށެވެ. އެއީ ސަރުކާރަށް އިތުރު އިމާރާތެއް ލިބެންދެން ގެނެވުނު ވަގުތީ ހައްލެއްކަމަށް އޭރު ސަރުކާރުން ބުންޏެވެ.

ތިން މިނިސްޓްރީގެ އިތުރުން، އެ ތަނުގައި ސިޓީ ކައުންސިލްގެ ޑިޕާޓްމެންޓެއް މަސައްކަތްތައްވެސް ކުރިއަށްދިޔަ އެވެ.

ރާއްޖެ - ޗައިނާ މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ