އިމިގްރޭޝަން ޓާސްކުފޯހުން އިއްޔެ ހިންގި އޮޕަރޭޝަނުގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 5 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މިއީ މާލޭގައި ހިންގާ ކޮފީ ޝޮޕްތަކަށް އަމާޒުކޮށްގެން އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަނުގައި މާލޭގެ 6 ކޮފީ ޝޮޕެއް ވަނީ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މިތަންތަނުގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 5 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
މި އޮޕަރޭޝަނަކީ އިމިގްރޭޝަނުން ކުރިއަށްގެންދާ ސިލްސިލާ ރެއިޑުތަކުގެ ތެރެއިން އެއް ރެއިޑެވެ. އިމިގްޜޭޝަންއިން އަންނަނީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 5،000 ބިދޭސީން އެއް އަހަރު ތެރޭގައި ޑީޕޯޓުކޮށްލުމުގެ އަމާޒަށް މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވަނީ ވާސިލްވެވިފަ އެވެ.