ތޮއްޑޫގައި ތައިލެންޑް އަންހެނަކަށް އަނިޔާ ކުރި މައްސަލައެއް ބަލަން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

އއ. ތޮއްޑޫގައި ތައިލެންޑް އަންހެނަކަށް އޭނާގެ ސްޕޮންސާ އަނިޔާ ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އއ. ތޮއްޑޫގައި މަސައްކަތް ކުރާ ތައިލެންޑްގެ އަންހެނަކަށް އޭނާގެ ސްޕޮންސާ އަނިޔާކޮށްފާވާކަމަށް ބުނާ މައްސަލައެއް ޑިސެމްބަރު 26، 2024 ވަނަ ދުވަހުގެ 18:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެ އެވެ.

ސޯޝަލް މީޑިއާގައި މި މައްސަލައާ ގުޅިގެން ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމްއަށް އަންނަނީ ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން އެ އަންހެން މީހާއަކީ ކަރަމް ތޮއްޑޫގައި ހިންގާ ސެރީން ސްކައި ގެސްޓްހައުސްގައި މަސައްކަތް ކުރާ އަންހެނެއް ކަމަށެވެ. އަދި ކަރަމް ވަނީ ގަދަކަމުން އެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރަން މަސައްކަތްކޮށްފައި ކަމަށާއި އެކަމުން ސަލާމަތްވެ އެ އަންހެން ކުއްޖާ ބަރަހަނާ ހާލުގައި މަގުމައްޗަށް ނިކުތްކަމަށްވެ އެވެ. އެ އަންހެން މީހާއަށް ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާކަމަށްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން މައުލޫމާތު ހޯދުމަށް ޖަވިޔަނި ނޫހުން ކަރަމްއަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ޖިންސީ ގޯނާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ