ރާއްޖެއަށް މިއަހަރު ޒިޔާރަތް ކުރި 2 މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ހެނދުނު އަތުވެއްޖެ އެވެ.
2 މިލިއަން ވަނަ ފަތުރުވެރިޔާއަކީ އޮސްޓްރިއާއަށް ނިސްބަތްވާ އަންހެނެކެވެ. މި އަންހެން މީހާ ރާއްޖެއަށް އައިސްފައިވަނީ އޭނާގެ އާއިލާއާއެކު ރެފްލްސް މޯލްޑިވްސް މެރަދޫ ރިޒޯޓުގައި ޗުއްތީ ހޭދަކޮށްލުމަށެވެ. މިއީ އެ އަންހެން މީހާ ރާއްޖެއަށް ޒިޔާރަތް ކުރި 3 ވަނަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.
ސަރުކާރުން ވަނީ 2 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތްތަކުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ އެމްޑީ ޝިއުރީ އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރާއްޖެއަށް މިއަހަރުގެ ތެރޭގައި 2 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މިއަދު އެކަން ހާސިލް ވެގެން ދިޔަ އިރު މިއީ ރާއްޖޭގެ ތާރީހުގައިވެސް 2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި ފުރަތަމަ އަހަރުކަން ފާހަގަކޮށްލަން ޖެހެ އެވެ. ސަރުކާރުގެ އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުންކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާޙިމް ފައިސަލް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އުންމީދަކީ 2.2 މިލިއަން ފަތުރުވެރިންނަށް ވުރެވެސް އިތުރަށް ރާއްޖެއަށް ފަތުރުވެރިން ގެނައުންކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ އިބްރާހިމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މިނިސްޓްރީ އޮފް ޓޫރިޒަމް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)