ވީއައިއޭގެ އާ ޓާމިނަލުން އިންޑިގޯއަށް ހިދުމަތް ދޭން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން އިންޑިގޯއަށް ހިދުމަތް ދޭން ފަށައިފި އެވެ.

އެމްއޭސީއެލްއިން ބުނެފައިވަނީ، ޓާމިނަލް 1 އިން އިންޑިގޯއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވާ ކަމަށެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން, ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ފަސީހު އެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިންޑިގޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 218 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާ ކަމަށް އެމްއޭސީއެލްއިން މައުލޫމާތުދިފައިވެ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އިންޑިގޯގެ ފުރަތަމަ މަތިންދާބޯޓު، 6E1127 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި, އެ ފްލައިޓުން ރާއްޖެ އައި 229 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފަވެ އެވެ.

އިންޑިގޯއަކީ އިންޑިއާގެ އެންމެ ބޮޑު އަދި އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 15 ނޮވެމްބަރު 2018 ގައެވެ.

އިންޑިގޯއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 8 ވަނަ އެއާލައިނެވެ. އަދި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިންޑިއާގެ ފުރަތަމަ އެއާލައިނެވެ.

ޓާމިނަލް 1 އިން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަން, އެއާ އަރަބިއާ, ބިއޯންޑް, ފިޓްސް އެއާ އަދި ބެއިޖިންގް ކެޕިޓަލް އެއާލައިންސް, ބަޓިކް އެއާ, ބެންކޮކް އެއާވޭސް އަދި އިންޑިގޯ އެވެ.

އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ