ވަކި ކުރި 15 މީހުންނަށް އަލުން ވަޒީފާ ދިނުމަށްފަހު ސަސްޕެންޑްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަކި ކުރި 15 މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށްފަހު އެ މީހުން ސަސްޕެންޑްކޮށްފި އެވެ.

ބިންވެރިޔާ ސްކީމާ ގުޅިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ކުރެވޭ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދަނިކޮށްމި 15 މީހުން ވަކިކޮށްފައިވަނީ ޑިސެމްބަރު 22 ގަ އެވެ. މީގެ ތެރެއިން ބައެއް މީހުން ވަކި ކުރުމުގެ ކުރިންވެސް ތިބީ ސަސްޕެންޝަންއެއްގަ އެވެ.

މި 15 މީހުންނަށް މިއަދު އަލުން ވަޒީފާ ދިން ނަމަވެސް މި މީހުން މިހާރު ވަނީ އަނެއްކާވެސް ސަސްޕެންޑްކޮށްފަ އެވެ. މައުލޫމަތު ލިބޭ ގޮތުގައި މި 15 މީހުންގެ ތެރޭގައި ގިނައީ އެޗްޑީސީގެ ކުރީގެ އެމްޑި އިބްރާހިމް ފަޒުލް ރަޝީދުއާ ވަރަށް ގާތް މީހުންނެވެ. މި މީހުންގެ ތެރޭގައި ތެރޭގައި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަހުމަދު ޔާމީން ހިމެނެ އެވެ.

އެޗްޑީސީން ބިންވެރިޔާ ސްކީމްގެ ފޯޖް ލިޔެކިޔުމެއް އުފެއްދިކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އެޗްޑީސީއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ފަށާފަ އެވެ. އާންމުވެފައިވާ އެއް ލިޔުމަކީ އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދަށް ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާކަމުގެ ލިޔުމެކެވެ. މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން ފިޔަވާ ބޯޑުގެ އެންމެން ސަސްޕެންޑް ކުރި އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ފަޒުލް ފިޔަވާ އެހެން އެންމެންގެ ސަސްޕެންޝަން ވަނީ އުވާލާފަ އެވެ.

އެޗްޑީސީގެ އެމްޑީކަމަށް މިހާރު ވަނީ އާ ބޭފުޅަކު އައްޔަންކޮށްފަ އެވެ. އެއީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މަޢުރޫފް ޖަމީލެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެޗްޑީސީ ހިޔާނަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ