މިދިޔަ އެމްޑީޕީ ސަރުކާރުން ވެެރިކަމުގެ ފަސް އަހަރު ނިންމައިލީ މުޅި ގައުމުގެ މާލިއްޔަތު އެއްކޮށް ކައި ހުސްކޮށްލައިފައި ކަމަށާއި، މި ގައުމު ލޫޓުވައިިލި މީހުންގެ ވާހަކަ ރައްޔިތުންނަށް ހަނދާންކޮށްދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ވިދާޅުވެއްޖެ އެވެ.
އައިފާން މިހެން ވިދާޅުވެފައި ވަނީ، ކޮންގްރެސް ޕާޓީއިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އައިފާން ވިދާޅުވީ، ރައްޔިތުން އެބޭފުޅުން ވެރިކަމުން ބޭލުމަށްފަހު ގެއަށް ފޮނުވައިލީ އިހަކަށްދުވަހު ކަމަށާއި، މިއަދު ނުކުމެ ވައްކަމުގެ ވާހަކަ ދެއްކީމާ އަންނަނީ ހިނި ކަމަށެވެ.
އެމްޑީޕީ އިން ވެރިކަމާ ހަވާލުވިއިރު ގައުމުގެ ރައުސުލްމާލުގައި ފައިސާ ހުރި ކަމަށާއި، ނަމަވެސް ފަސް އަހަރު ދިޔައީ ރައްޔިތުންގެ ހައްގުގައި އެއްވެސް މަސައްކަތެއް ނުކުރެވި ކަަމަށްވެސް އައިފާން ވިދާޅުވި އެވެ. އޭގެ ބަދަލުގައި ފެނުނީ މުޅި ގައުމުގެ މާލިއްޔަތު އެއްކޮށް ކައިލާ ހުސްކޮށްލައިފައި ދިޔަ މަންޒަރު ކަމަށެވެ.
އައިފަން އިތުރަށް ވިދާޅުވެފައި ވަނީ، އެ ގޮންޖެހުންތަކާއެކު ވެސް ރައީސް ޑރ.މުޢިއްޒު ކުރައްވަމުން އެ ގެންދަވަނީ މި ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ކޮންގްރެސް ޕާޓީ