ބަޖެޓުން ފައިސާ ލިބެނީ ހަތަރު ޕާޓީއަކަށް، އަދާލަތު ލިސްޓުން އުނިވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ލިބުމުގެ ޝަރުތު ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން މިއަދު ބުނެފައިވަނީ 2026 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހުގެ ނިޔަލަށް 10،000 މެންބަރުން ހަމަވަނީ ހަތަރު ސިޔާސީ ޕާޓީއެއްގައި ކަމަށެވެ. އެއީ:

  • ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)
  • ޖުމްހޫރީ ޕާޓީ (ޖޭޕީ)
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)
  • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)

އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ މި ހަތަރު ޕާޓީއަށް އެކަންޏެވެ. މިހިނގާ 2025 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ފަސް ސިޔާސީ ޕާޓީއަކަށް ފައިސާ ލިބިފައިވެ އެވެ. މި އަހަރު ފައިސާ ލިބުނު ޕާޓީތަކުގެ ތެރެއިން އަންނަ އަހަރުގެ ލިސްޓުން އުނިވެފައިވަނީ އަދާލަތު ޕާޓީ އެވެ. އީސީގެ ދަފްތަރު ދައްކާގޮތުން އަދާލަތު ޕާޓީގައި މިހާރު 10،000 މެންބަރުން ހަމައެއް ނުވެ އެވެ.

2025 ވަނަ އަހަރު ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކޮށްފައިވަނީ 27.9 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގައި މިވަގުތު ރަޖިސްޓްރީކޮށްފައިވަނީ 9 ސިޔާސީ ޕާޓީ އެކެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސ)ީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)، ޢަދާލަތު ޕާޓީ (އޭޕީ)، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)، ދަ ޑިމޮކްރެޓްސް، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ލިބެނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރުމާ ހަމައަށް 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ނިންމާފައިވާ ފައިސާގެ އަދަދަކީ މިއަހަރުގެ ބަޖެޓްގެ 0.01% އެވެ.

ކޮންގްރެސް ޕާޓީ އަދާލަތު ޕަޓީ އިލެކްޝަންސް ކޮމިޝަން (އީސީ) އެމްޑީއޭ އެމްޑީޕީ ޖޭޕީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ