މަގާމުގަ ހުރެގެން ކުރަން ނުޖެހޭ ގިނަ ކަންކަން ފަޒުލް ކޮށްފަ އެބަ ހުރި: އަޒާން

Advertisement

Advertisement

އެންމެ ފަސް

Advertisement

މަގާމުގައި ހުރެގެން ކުރަން ނުޖެހޭ ގިނަ ކަންކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ އެމްޑީ ކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

އަޒާން މިހެން ވިދާޅުވީ އެކްސްގައި އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ އިސްތިއުފާ ސިޓީ ރީޕޯސްޓް ކުރައްވަމުންނެވެ.

އެޗްޑީސީގެ ކުރީގެ އެމްޑީއަށް ކުރެވޭ ތުހުމަތުތައް ފުލުހުން އަދި ކަމާ ގުޅޭ އެހެން އިދާރާތަކުން ބަލަންޖެހޭ ކަމަށާއި އެ މަޤާމުގައި ހުރެގެން ކުރަން ނުޖެހޭނެ ފަދަ ގިނަ ކަންކަންކޮށްފައި އެބަހުރިކަމަށް އަޒާންގެ ޕޯސްޓްގައި ވަނީ ވިދާޅުވެފަ އެވެ.

އެޗްޑީސީގެ ކުރީގެ އެމްޑީއަށް ކުރެވޭ ތުހުމަތުތައް ފުލުހުން އަދި ކަމާ ގުޅޭ އެހެން އިދާރާތަކުން ބަލަންޖެހޭ. އެ މަޤާމުގަ ހުރެގެން ކުރަން ނުޖެހޭނެ ފަދަ ގިނަ ކަންކަންކޮށްފަ އެބަހުރި. ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގެ އިސްވެރިންވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުން ދުރުހެލިވާން ޖެހޭނެ.

މީގެ އިތުރުން އަޒާން ވަނީ ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގެ އިސްވެރިންވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުން ދުރުހެލިވާން ޖެހޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަންއަށް ފުރުސަތު ނުދެއްވާނެކަމަށްވެސް ވިދާޅުވެފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަހުމަދު އަޒާން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ