ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ 35 ގެއެއްގައި މިހާތަނަށް 185 ވެލި ބަސްތާ ޖަހާފައިވާކަމަށް މޯލްޑީވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފުން ވިއްސާރައާއި ގުޅިގެން މާލޭގައި އަޅަމުންދާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ދެމުން ބުނެފައިވަނީ އެކި ގެތަކަށް ފެން ވަންނަމުން ދާތީ އެމްއެންޑީއެފުން މިހާތަނަށް 35 ގެއެއްގައި ވެލި ބަސްތާ ޖަހާފައިވާ ކަމަށެވެ.
ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގެ ބިސީތަކަށް ފެންވަންނަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން ވެލިބަސްތާ ޖެހުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ސިފައިން ކުރަމުންދާ މަސައްކަތުގައި މިހާތަނަށް 35 ގެއެއްގައި 185 ވެލިބަސްތާ ވަނީ ޖަހާދީފަ.
މީގެ އިތުރުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު 5 ގެއަކުން މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް ހާމަކޮށްފަ އެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް މިހާ ބޮޑަށް އަސަރު ކުރި އިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވެސް ވަނީ މާލެ އަށެވެ. ދެން އެންމެ ބޯކޮށް ވާރޭ ވެހުނީ ހުޅުލޭގެ އިތުރުން ބ. ދަރަވަންދޫ އަށެވެ.
އެމްއެންޑީއެފް ވިއްސާރަ މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)