ވިލިމާލެ ބޭރުގައި އޮތް ބޯޓަކުން ކަނޑަށް ވެއްޓުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.
ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަން އެމްއެންޑީއެފްއިން ހާމަކޮށްފައިވަނީ އިއްޔެ އެވެ.
”އެމްއެސްވީ ޑައުލާ“ ނަމަކަށް ކިޔާ އިންޑިއާގެ ކާގޯ ބޯޓަކުން ކަނޑަށް ވެއްޓިފައިވަނީ އިންޑިއާގެ މީހެކެވެ. އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުންދާއިރު، މިއަދު ބުނެފައިވަނީ، ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ވެސް އަދި އެމީހާ ފެނިފައިނުވާ ކަމަށެވެ.
މި ހާދިސާ ހިނގި ބޯޓު އޮތީ ވިލިމާލެއާ ދިމާލު ބޭރުގަ އެވެ.
އެމްއެންޑީއެފުން ބުނީ އޭނާ ހޯދުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ކުރަމުން އަންނަ ކަމަށެވެ. އަދި ކަނޑާއި ވައިގެ މަގުން ވެސް އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.