ކާގޯ ބޯޓުން ކަނޑަށް ވެއްޓުނު މީހާގެ ހަށިގަނޑު ހޯދައިފި

Advertisement

އެންމެ ފަސް

Advertisement

ވިލިމާލެ ބޭރުގައި އޮތް ބޯޓަކުން ކަނޑަށް ވެއްޓުނު މީހާގެ ހަށިގަނޑު ހޯދައިފި އެވެ.

”އެމްއެސްވީ ޑައުލާ“ ނަމަކަށް ކިޔާ އިންޑިއާގެ ކާގޯ ބޯޓަކުން ކަނޑަށް ވެއްޓިފައިވަނީ އިންޑިއާގެ މީހެކެވެ. އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފެށީ ސެޕްޓެމްބަރު 23 ވަނަ ދުވަހު އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނެފައިވަނީ ކަނޑަށް ވެއްޓި ހޯދަމުންދިޔަ މީހާގެ ހަށިގަނޑު، ކ.ފޭދޫފިނޮޅުގެ ދެކުނުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މިއަދު ހޯދާފައިވާ ކަމަށެވެ.

އެ މީހާގެ ހަށިގަނޑު މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.

އެމްއެންޑީއެފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ