މުއްދަތެއް ނެތްގޮތަށް ރެހެންދި އެވޯޑްވެސް ފަސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރެހެންދި އެވޯޑް ދިނުމުގެ ހަފްލާ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި އެވެ.

އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ މިމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ ރެހެންދި އެވޯޑް ދިނުމުގެ ހަފްލާ ފަސްކޮށްފައިވަނީ މާލޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމަށެވެ. ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފްލާ އަލުން ބާއްވާނެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވާކަމަށް ވުޒާރާއިން ބުނެ އެވެ. އަދި ހަފްލާއަށް ދަޢުވަތު އެރުވިފައިވާ ފަރާތްތަކަށް އައު ތާރީޚެއް ފަހުން އަންގަވާނެ ކަމަށްވެސް ވުޒާރާއިން ބުނި އެވެ.

ރެހެންދި އެވޯޑުގެ އިތުރުން، މަސްވެރިންގެ އެވޯޑް ދިނުމުގެ ހަފްލާވެސް ވަނީ ފަސްކޮށްފަ އެވެ.

އަލިފާނުގެ ހާދިސާގައި އިމާރަތް އެއްކޮށް ބިިމާ ހަމަވެފައި — ފޮޓޯ: އެމްއޭސީއެލް

މާލޭގެ މާފަންނު ސަރަހައްދުގައި ހުންނަ ހައުސިންގ މިނިސްޓްރީގެ އިމާރާތުގައި އިއްޔެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 7:00 އެހާކަންހާއިރު އެވެ. އަމީނީމަގަށްވާ ގޮތަށް މާފަންނުކޮޅުގައި ހުންނަ މި އިމާރާތަކީ ލަކުޑި އަދި ޓިނުން ހަދާފައިވާ ދުވަސްވީ އިމާރާތެކެވެ. ދެ ގަޑިއިރުގެ ތެރޭގައި މުޅި އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ، އެއްކޮށް ވެއްޓި ބިމަށް ތިރިވެފަ އެވެ.

މި ހާދިސާގައި ހައުސިންގ މިނިސްޓްރީގެ 4 ފަންގިފިލާގެ އިތުރުން، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ ”ގްރީން ބިލްޑިންގ“ އަށްވެސް ގެއްލުން ލިބިފައިވެ އެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ގެދޮރުވެރިކަމާ ބެހޭ ސެކްޝަންގެ މަސައްކަތްތައް ކުރަމުންދިޔަ ސަރަހައްދުވެސް މި ހާދިސާގައި ހިމެނެ އެވެ.

ހައުސިން މިނިސްޓްރީގައި ރޯވެ، އެނދުން ރެހެންދި އެވޯޑް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ