ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ޓެކްސީ ޑްރައިވަރުންގެ މުޒާހަރާއިން ހައްޔަރުކުރެވުނު 3 ޑްރައިވަރުންގެ ތެރެއިން 2 މީހަކަށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
މި ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ގެންގޮސްފައިވަނީ ހުޅުމާޅެ މެޖިސްޓްރޭޓް ކޯޓަށެވެ. މި ދެ މީހުންގެ ބަންދަށް އެ ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ހައްޔަރު ކުރި 3 ވަނަ މީހާ ފުލުހުން ވަނީ ދޫކޮށްލާފަ އެވެ.
ބަންދުގެ މުއްދަތު ޖެހުނު ދެ މީހުންނަކީ އަހްމަދު ޝަބީން އާއި މުހައްމަދު ޝާމިން އެވެ.
ހުޅުމާލެއިން ހައިވޭއަށް އަރަންދާ މަގުގައި، ކުރީގެ ބަސް ޓާމިނަލް ކައިރިއަށް ޓެކްސީ ޑްރައިވަރުންތަކެއް އެއްވެ އެ މަގުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ދަތުރު ނުކުރެވޭ ގޮތަށް މަގު ބަންދުކޮށްގެން މުޒާހަރާ ކޮށްފައިވަނީ ސަރުކާރުން ފައްޓަން އުޅޭ ޓެކްސީ ހިދުމަތުގެ ސަބަބުންނެވެ. ޓެކްސީ ޑްރައިވަރުންގެ މުޒާހަރާގެ ސަބަބުން އާންމު ދަތުރުފަތުރަށްވެސް ރޭ ވަނީ ބުރޫ އަރާފަ އެވެ.
ރޭ މުޒާހަރާއަށް ދިޔަ ޓެކްސީ ޑްރައިވަރުން ވަނީ ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށްވެސް ގޮވާފަ އެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު މިނިސްޓަރު މުހައްމަދު އަމީން ދިވެހި ފުލުހުންގެ ޚިދުމަތް ޓެކްސީ ޑްރައިވަރުން