ތަރިކައިގެ ފަންނު ކިޔަވާދިނުމަށް 2025 ވަނަ އަހަރު ލެކްޗަރާއިން ގެންނަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ތަރިކައިގެ ފަންނު ކިޔަވާދިނުމަށް 2025 ވަނަ އަހަރު ރާއްޖެއިން ލެކްޗަރާއިން ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ދިވެހި ބަހާއި ސަގާފީ ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

”ޖަވިޔަނި“ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އާދަމް ނަސީރު ވިދާޅުވީ ދިވެހިންގެ ތަރިކައިގެ ދާއިރާއިން ހާއްސަ ކްލާސްތައް ނަގައިދިނުމުގެ މަސައްކަތް މިނިސްޓްރީ އިން ކުރިއަށްގެންދަން ބޭނުންވާ ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް ކުރިއަށްގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

”ދެ ގޮތަކަށް މަޝްވަރާ ކުރެވިފައިވޭ. ބައެއް ގައުމުތަކާއި ޖަމިއްޔާތަކުން މި ދާއިރާގެ ތަޖުރިބާކާރުން ފޮނުއްވައިދެއްވާނެކަމަށް އިޝާރާތް ލިބިފައިވޭ. ބައެއް ޤައުމުތަކުން އަޅުގަނޑުމެންގެ ދަރިވަރުން އެ ޤައުމުތަކުގައި ތަމްރީނުކޮށްދެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައިވޭ“

ވަޒީރު އާދަމް ނަސީރު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ބަހާއި ތާރީޚާއި ސަގާފަތާއި ތަރިކަ ދިރުވައި އާލާކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީ ހޯދުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މި ދާއިރާގައި މަސައްކަތްކުރުމަށް ބައެއް އިމާރާތްތައް އެޅުމާއި، ކްލާސްތައް ހިންގުމާއި، ދުވަސްވީ ތަކެތި އިއާދަކޮށް ބެލެހެއްޓުމަށް ޚާއްޞަ ލެބޯޓަރީއެއް ބޭނުންވާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ގައުމީ އަރުޝީފަށް މި ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ މީހުން ބޭނުންވާ ކަމަށާއި، މި ދާއިރާއާ ގުޅުންހުރި ގިނަ ކަންތައްތަކެއް ކުރަން ބޭނުންވިޔަސް މިއީ ވަރަށް އަގުބޮޑު މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ރާއްޖެ އޮތް ހާލަތާއެކު މިނިސްޓްރީން ދަނީ ވަރަށް ވިސްނުންތެރިކަމާއެކު ފަހަރަކު ކަމެއް ކުރަމުންނެވެ. ދުރުރާސްތާގައި މިފަދަ ގިނަ ކަންކަން ކުރުމަށް ރޭވިފައިވާ ކަމަށާއި، އެ ތަކެތި ބެލެހެއްޓުމަށް ގެންނަންޖެހޭ ނިޒާމުތައްވެސް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި މަސައްކަތްތަކާ ހަވާލުވުން އެންމެ އެކަށޭނަ ފަރާތަކީ ދިވެހިން ކަމަށް ވަޒީރު ވިދާޅުވި އެވެ. އެހެންކަމުން، ވިލަރެސްވެރިން ނަގައި، އެފަރާތްތަކަށް ވަކި ބާވަތެއްގެ މަޢުލޫމާތު ދޭ ކްލާސްތައް ހިންގައިގެން މި މަސައްކަތް ކުރިއަށް ގެންދެވޭތޯ ބަލަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ފުރިހަމަ އަދަދު ލިބުމާއެކު ރާއްޖެއިން ބޭރުން ވިލަރެސްވެރިންނަށް ބޭނުންވާ ފަންނީ ކަންކަން ކިޔަވައިދިނުމަށް ލެކްޗަރަރުން ގެނައުމަށް ރޭވިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވި އެވެ.

”މިހާރުން މިހާރަށް ބޭނުންވާ އިލްމާއި ޓެކްނޮލޮޖީ ދިވެހިންގެ އަތްމައްޗަށް ގެނައުން. އޭރުން ދިވެހިން މި ތަނުގައި ބާރުވެރިވެ، ދިވެހި ޒުވާނުންނަށް އިލްމު ލިބި، ދިވެހި ޒުވާނުންނަށް މަސައްކަތްތަކުގެ މަންފާ ލިބި ދިވެހި ގައުމު ބާރުވެރިވެ، ހަގީގީ ގޮތުގައި މިނިވަންކަން އަންނާނެ“

މިނިސްޓަރ ވިދާޅުވީ ކަޅުއޮށްފުންމި ފަދަ އެތަކެއް އެއްޗެއް އަދި ބިނާތައް މީގެ ކުރިންވެސް އުފައްދާފައިވަނީ ދިވެހިން ކަމަށެވެ. ހަމަ އެ ގާބިލުކަން ޒަމާނީ އިލްމުގެ އަލީގައި ދިވެހިންގެ މެދުގައި ދިރުވޭނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ