އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްްގީކުރަން ނިންމައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އުސްގެކޮޅު އިމަރސިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދިވެހި ލޭންގުވޭޖް މިނިސްޓްރީއިން ނިންމައި، އެ މަޝްރޫޢުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ލޭންގުވޭޖް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާދަމް ނަސީރު އިބްރާހީމެވެ. އަދި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާދަމް ނަސީރު ވިދާޅުވީ، ”އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީވެ ނިމޭއިރު، ތަރިކައިގެ ދާއިރާއިން ދިވެހީން އަދި މިހާތަނަށް ރާއްޖެއިން ދެކިފައިނުވާ އާ މަންޒަރެއް ފެނިގެންދާނެ“ ކަމަށެވެ. އަދި މި މިއުޒިއަމް ތަރައްޤީކުރެވޭނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ފެތޭގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ މި މަޝްރޫޢަށް ބޭނުންވާ އެންމެ ފުރިހަމަ އެއްބާރުލުން އެ ކުންފުނީގެ ފަރާތުން ލިބިދެވޭނެ ކަމަށެވެ. އަދި އެފްޑީސީގެ މުޅި ޓީމް މިހާރުވެސް ވަނީ މި މަސައްކަތަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިމަރސިވް މިއުޒިއަމްތަކަކީ ޒިޔާރަތްކުރާ ފަރާތްތަކަށް އިންޓަރެކްޓިވްކޮށް ބައިވެރިވެވޭ ގޮތަށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަރުމާކޮށްފައިވާ މިއުޒިއަމްތަކެކެވެ. މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރިކައިގެ ދާއިރާއަށް އައު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ