ހއ. އުތީމުގައި ގާއިމްކުރާ ބޮޑުތަކުރުފާނު ދޮރޯށީގެ ބިންގާ މިއަދު އަޅައިފިއެވެ.
މި ދޮރޯށީގެ ބިންގާ އަޅުއްވައިދެއްވީ ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމެވެ.
މީގެއިތުރުން، އުތީމުގައި އަލަށް ތަރައްގީކޮށްފައިވާ އިސްރައްވެހިންގެ މައިޒާން ’އޮނު ހިޔާ‘ ރަސްމީކޮށް ހުޅުވައިދެއްވާފައިވެއެވެ. މި މައިޒާން ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި މި ރަސްމިއްޔާތުގައި ދެކަނބަލުން ވަނީ ހައިވަކަރު ދެ ގަސް އިންދަވައިދެއްވާފައެވެ.
މިއަހަރަކީ އަތޮޅުތެރޭގައި ގައުމީ ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރެވެ. ގައުމީ ދުވަހުގެ ރަސްމީ ޖަލްސާވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އުތީމުގައެވެ. މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
މި އަހަރުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާނީ 3 ބޭފުޅަކަށެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާނީ 9 ބޭފުޅަކަށާއި އެއް ކުންފުންޏަކަށެވެ. މި ރަސްމިއްޔާތުތަކަކީ ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ހަރަކާތްތަކެއް ކަމުގައި ވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ޤައުމީ ދުވަސް



